ހުޅުމާލޭ ފްލެޓެއްގެ ފާރުބުރިމަތީގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފްލެޓެއްގެ ފާރުބުރިމަތީގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 29 އަހަރުގެ ފިރިހ...

24 May 2015 | 03:48

ހުޅުމާލޭ ފްލެޓެއްގެ ފާރުބުރިމަތީގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 29 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި 03 މީހުންނަކީވެސް ދިވެހިން ކަމަށެވެ.

މި މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 2015 މެއި 22 ވަނަ ދުވަހު 16:50 ހާއިރު ހުޅުމާލެ 121 ނަންބަރު ފްލެޓް  ގެ އިރުމަތީ ފަރާތުކައިރިން ފާރުބުރިމަތީ ތިއްބާ ކަމަށާއި މި މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ފުލުހުން އެސަރަހައްދު ޕެޓްރޯލް ކުރަމުންދަނިކޮށް މި  މީހުން އެތަނުގައި މަސްތުވާ ޒާތުގެ އެއްޗެއް ބޯންތިބިކަމަށް ޝައްކުކުރެވިގެން އެމީހުން ހުއްޓުވައި ބަލާފާސްކުރުމަށްފަހު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށްބުނީ އެމީހުން ހުއްޓުވުމަށް އުޅުމުން އެތަނުން އެކަކުގެ ކަނާއަތުގައި އޮތް އެއްޗެއް އެއްލާލި ކަމަށާއި މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެއްލާލާފައިވާ އެތި ނަގާ ބެލިއިރު އެއީ މަސްތުވާ އެއްޗެއް އަޅައިގެން ބޯން ތައްޔާރުކޮށް ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައިވާ އެއްޗެއްކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ހާމަކުރާ ގޮތުން މި 03 މީހުންނަކީވެސް ވައްކަންކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑް އޮތް މީހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް