އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓުން: ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފި

މާލޭގެ ހެންވޭރުގައި ހުންނަ އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ތުހުމަތުވާ ރައުދު އަހުމަދު ޒިލާލު 21އ ހައްޔަރުކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ...

24 Apr 2025 | 18:40

މާލޭގެ ހެންވޭރުގައި ހުންނަ އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ތުހުމަތުވާ ރައުދު އަހުމަދު ޒިލާލު 21އ ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓި، ގުދަނެއްގެ ފުރާޅުމަތީގައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު 21އ އެވެ.

މިރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭގެ6:20 އެހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި ފުރާޅުމައްޗައް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21އ ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށާއި މިކަމާއި ގުޅިގެން މިހާރު ދެ ގެއެއްވެސް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައިގައި މާންދޫގެ ޓެރަސްއާއި އެގޭގެ ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ތިންވަނަ ފަންގި ފިލާވެސް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުން ވިދާޅުވީ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ ޔުމްނުއާއެެކު އުޅުނު 8 މީހުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވާ ކަމަށެވެ.

އަދި އެ މީހުނާއި ގުޅުން ހުރި ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް