ކ. ގުރައިދޫގައި ސައިކަލެއްގައި ރޯކޮށްލައިފިއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ރޯކޮށްލާފައިވަނީ އެ ރަށުގައި ހުންނަ، ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ޕޮލިޓިކަލް ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފެއްގެ ސައިކަލުގައެވެ.
ދުވަހަށް މަޢުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ ސައިކަލުގައި ރޯކޮށްލާފައިވަނީ އެމުވައްޒަފު ދިރިއުޅޭ ގޭގެ ކުރިމަތީގައި ސައިކަލު ޕާކު ކޮށްފައި ހުއްޓާ އެ ސަރަހައްދުގެ ފަޅު ގެއަކަށް އެ ސައިކަލު ގެންދިއުމަށްފަހު ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ދުވަހަށް އެނގިފައިވާގޮތުގައި ފުލުހުންގެ ފޮރެންސިކް ޓީމެއް މިއަދު އެ ރަށަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް