20 ވަނަ މަޖިލީހަށް އިންތިޚާބުވެފައިވާ އިތުރު މެންބަކު ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ ކެންޑިޑޭޓު މުޙައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރައްވައިފި." ޕީއެންސީން މިރޭ ބުނެފައިވެއެވެ.
މިއާއެކު އެ ޕާޓީއަށް ރެއާއި މިއަދު ސޮއިކުރި އާ މެންބަރުންގެ އަދަދު މިވަނީ ހަތަކަށް އަދި އެ ޕާޓީ މަޖިލީހުގައި ތަމްސީލުކުރާނެ މެންބަރުންގެ އަދަދު މިވަނީ 73 އަށް އަރާފައެވެ.
ކުރިން ގުޅިވަޑައިގެންނެވި ހަ މެންބަރުންނަކީ އެ މެންބަރުންނަކީ ހުރާ ދާއިރާ ކާމިޔާބު ކުރެއްވެވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާ ކާމިޔާބުކުރެއްވެވި ޙަސަން ޒަރީރު، މައްޗަންގޮޅި މެދު ދާއިރާ ކާމިޔާބުކުރެއްވި އަހްމަދު ޒަމީރު، ތިމަރަފުށި ދާއިރާ ކާމިޔާބު ކުރެއްވި އަހްމަދު ރިޔާޒް، ނައިފަރު ދާއިރާ ކާމިޔާބުކުރެއްވި ޔާސީން އަބްދު ﷲ ގެ އިތުރުން ވިލިނގިލި ދާއިރާ ކާމިޔާބު ކުރެއްވި ޢާޒިމް ޢަބްދުލް އަޒީޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް