ޗިކުންގުންޔާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޗިކުންގުންޔާގެ ގިނަ ކޭސްތަކެއް ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ޗިކުންގުންޔާ އަކީ އީޑީސް އިޖިޕްޓައި މަދިރި ހެފުމުން ފެތުރޭ ވައިރަ...

24 Apr 2024 | 15:35

ޗިކުންގުންޔާގެ ގިނަ ކޭސްތަކެއް ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ޗިކުންގުންޔާ އަކީ އީޑީސް އިޖިޕްޓައި މަދިރި ހެފުމުން ފެތުރޭ ވައިރަހެއް ކަމުގައިވާ އަލްފާވައިރަސް ގެ ސަބަބުން ޖެހޭ ވައިރަހު ހުމެކެވެ. އީޑީސް އިޖިޕްޓައި މަދިރިއަކީ ސާފު ފެނުގައި ބިސްއަޅައި އާލާވާ މަދިރިއެކެވެ. ޗިކުންގުންޔާ ހުން ޖެހެނީ ބަލީގެ ޖަރާސީމު ހުރި މަދިރިއެއް ހެފުމުގެ ސަބަބުންނެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެޗްޕީއޭގެ އޮފިޝަލަކު މިއަދު ބުނެފައިވަނީ މި މަހުގައި އެކަނިވެސް ޗިކުންގުންޔާގެ 46 ކޭސް މާލޭ ސަރަހައްދުން ރިޕޯޓުކޮށްފައިވާކަމަށެވެ.

ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅު ތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުން އަދި މަދިރި ނުހަފާނެ ގޮތަކަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އެދެއެވެ.

މި ބަލީގެ އަލާމާތް ތަކު ތެރޭގައި އެންމެ އާއްމުކޮށް ފެންނަ އަލާމާތްތަކަކީ، ހުން ގަދަވުން، ހުޅު ހުޅު ގައި ރިހުން ،މޭނުބައިކޮށް ހޮޑު ލެވުން އަދި ވަރުދެރަވުމާއި ވަރުބަލިވުން ފަދަ އަލާމާތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް