ޖާބިރު ކަމަށް ބެލެވޭ ބޭފުޅަކު ކުފުރުގެ ބަސްތަކަކާއެކު ރައީސް މުއިއްޒަށް ބަދުބަސްތަކެއް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަނީ

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދު ﷲ ޖާބިރު ކަމުގައި ބެލެވޭ ބޭފުޅަކު މާތް ﷲ سبحانه و تعالى އަށް ތައުހީނުކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައް...

24 Apr 2024 | 14:36

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދު ﷲ ޖާބިރު ކަމުގައި ބެލެވޭ ބޭފުޅަކު މާތް ﷲ سبحانه و تعالى އަށް ތައުހީނުކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވައި ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތްކުރާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މި އޯޑިއޯގައި އިވޭ އަޑަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަޑުކަމުގައި ބެލެވެއެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ އޯޑިއޯގައި ކީރިތި ޤުރްޢާންގެ އަޑު އިވިގެންދާއިރު ދެން އިވެނީ ޖާބިރުގެ އަޑު ކަމުގައި ބެލެވޭ އަޑެވެ. އެ އޯޑިއޯގައި ރައީސް މުއިއްޒަކީ އިސްލާމް ދީން ގަބޫލު ނުކުރާ މީހެއް ކަމަށާއި އަދި ލާމު އަތޮޅު މީހަކަށް ރާއްޖެ ވިއްކާލައިގެން ހުރި މީހެއް ކަމުގައިވެސް ބުނެފައިވެއެވެ.

އެ އޯޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މެންބަރު އަބްދުﷲ ޖާބިރާއި ގުޅޭ މިފަދަ އޯޑިއޯތައް މީގެ ކުރިންވެސް ދައުރުވަމުން ގޮސްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް އާއްމު އިޖްތިމާއީ، އަހްލާގީ ހަމަތަކުން ބޭރު އެތައް ވާހަކައެއް މީގެ ކުރިން ދައްކާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް