ހުވާކުރުމާއި ހަމައަށް ޕާޓީ ބަދަލުކުރުމުގެ ފުރުސަތު މެންބަރުންނަށް އެބައޮތް: ހަބީބް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ހޮވުނު ދައުރަށް ހުވާ ކުރުމާއި ހަމައަށް ޕާޓީ ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދ...

24 Apr 2024 | 14:15

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ހޮވުނު ދައުރަށް ހުވާ ކުރުމާއި ހަމައަށް ޕާޓީ ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ 20 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ ހަ މެންބަރަކު ކޮންގްރެސް ޕާޓީއަށް ސޮއިކުރި ޚަބަރާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ހަބީބް ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠަކުންކުރެ ޝަރުޠެއް އެ 6 ބޭފުޅުންގެ އުނި ނުވާކަމަށާއި އަދި އެންޓި-ޑިފެކްޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިޚާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް 2024 މެއި 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންފުޅު ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

" އެހެންނޫނަސް، ޤާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޤާނޫނަކުން އުންޏެއް ނުކުރެވޭނެ" ހަބީބް ވިދާޅުވެފައިވެއެވެ.

20 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް) ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

އެ ހަ މެންބަރުންނަކީ އެ މެންބަރުންނަކީ ހުރާ ދާއިރާ ކާމިޔާބު ކުރެއްވެވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާ ކާމިޔާބުކުރެއްވެވި ޙަސަން ޒަރީރު، މައްޗަންގޮޅި މެދު ދާއިރާ ކާމިޔާބުކުރެއްވި އަހްމަދު ޒަމީރު، ތިމަރަފުށި ދާއިރާ ކާމިޔާބު ކުރެއްވި އަހްމަދު ރިޔާޒް، ނައިފަރު ދާއިރާ ކާމިޔާބުކުރެއްވި ޔާސީން އަބްދު ﷲ ގެ އިތުރުން ވިލިނގިލި ދާއިރާ ކާމިޔާބު ކުރެއްވި ޢާޒިމް ޢަބްދުލް އަޒީޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް