ކުރީގެ ނައިބު ރައިސް ފައިސަލް ނަސީމްގެ މައްޗަށް އަހްމަދު މަހުލޫފު ކުރި ތުހުމަތުތައް ފައިސަލް ދޮގު ކޮށްފިއެވެ. މަހްލޫފު، ފައިސަލްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ މަހުލޫފުގެ އަބިކަނބަލުން ނަޒްރާ ނަސީމަށް (ނަޒޫ) ރައްޔިތުން މަޖިލީހުގެ ގޮނޑި ނާކާމިޔާބުވެފައި ވަނީ ފައިސަލް އެންޓި ކެންޕެއިން ކުރުމުން ކަމުގައި ކަމަށްށެވެ. މި ތުހުމަތުތައް ކޮށް މަހުލޫފު ވަނީ އެމްޑީޕީގެ އިސްވެރިން ތިބި ވަޓްސްއެޕް ގުރޫޕްއަކު އަދި މަހުލޫފުގެ ޕާސަނަލް އެކްސް އެކައުންޓުގައިވެސް ޕޯސްޓު ކޮށްފައެވެ. މަހުލޫފު އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ " އެހެން އެންމެންގެ ކެންޕެއިނަށް ދެވުނު އިރު، އެއްބަނޑު އެއްބަފާ ކޮއްކޮގެ ކެންޕެއިނަށް ފައިސަލް ނަސީމް އަށް ނުދެވުން " ކަމުގައެވެ. މި ކަމާއި ގުޅިގެން ފައިސަލް ވިދާޅުވީ، ކެންޕޭނަށް އެ ދާއިރާއަށް ވަޑައިނުގަތީ އެދިވަޑައިނުގަންނަވާތީ ކަމާއި، ކެންޕެއިން ކުރަން ވަޑައިގަންނަވާނެ ތަންތަން ކަނޑަ އެޅުއްވީ ޕާޓީއިން ކަމަށްށެވެ. އެއްވެސް އެންޓި ކެންޕެއިންއެއް ކޮށްފަ ނޯންނާނެ ކަމުގައިވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް އިތުރު ވާހަކައެއް ދަންނަވަން ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނަޒޫ ބަލި ވެފައިވަނީ 48 ވޯޓުގެ ފަރަގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް