ގިނަ ޝަކުވާތަކެއް ޕީސީބީއަށް ހުށަހެޅުމާއި ގުޅިގެން ސަސްޕެންޑް ކުރި، މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހުގެ ސަސްޕެންޝަން އުވާލައިފިއެވެ. ޝަމާހު ސަސްޕެންޑް ކޮށްފައިވަނީ، ކުންފުންޏާއި ގުޅޭގޮތުން ބަލަމުން ދިޔަ މައްސަލަތަކަކާއި ގުޅިގެން ކަމުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ)އިން ވަނީ ބުނެފައެވެ. އެ މައްސަލަ ތަކުގެ ތެރޭގައި އެ ކުންފުނީގެ މުދަލާއި ވަސީލަތް އަމިއްލަ މަންފާއަށް ބޭނުން ކުރި ކަމުގެ ޝަކުވާއާއި ، ވަޒީފާގެ ބިރު ދެއްކުމާއި އަދި ކުންފުނީގެ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާއި، މުވައްޒަފުން މަސައްކަތް ކުރާ ރަށްތައް ބަދަލު ކުރުމާއި، ގާތް ރައްޓެހިންނާއި އާއިލާ މީހުންނަށް ކުންފުނީގެ މުސާރައިގެ އޮނިގަނޑާއި ހިލާފުން މުސާރަ ދިނުމާއި ، އިއުލާން ނުކޮށް ވަޒީފާއަށް އެކަށީގެންވާ ފެންވަރު ނެތް މުވައްޒަފުން އައްޔަކުރުން ފަދަ ޝަކުވާތައް ވަނީ ޕީސީބީއަށް ހުށަހަޅާފައެވެ. މި މައްސަލަ ވަކި ގޮތަކަށް ނިމެން ދެން ސަސްޕެންޝަންގައި، ޝަމާހު ބަހައްޓާފައި ހުރުމަށް ފަހު މިހާރު ވަނީ ސަސްޕެންޝަން އުވާލުމަށް ޕީސީބީއިން ނިންމާފައެވެ. ންޝަންގައި، ޝަމާހު ބަހައްޓާގައި
އެގޮތުން، މިފްކޯގެ އެންމެހާ ކަންކަން ކުރިޔަށް ގެންދަން ވާނީ މިފްކޯގެ ބޯޑު މެދުވެރިކޮށް ކަމުގައި ޕީސީބީއިން ޝަމާހް އަށް ވަނީ ލަފާ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް