އިތުރު ހަ މެންބަރަކު ގުޅިވަޑައިގަތުމާއެކު ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 72 އަކަށް

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވި ހަ މެންބަރަކު ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އާއި ގުޅިވަޑައިގެންފިއެވެ. އެ މެންބަރުންނަކީ ހުރާ ދާއިރާ ކާމިޔާބު ކުރެއްވެވި ޑރ. ...

24 Apr 2024 | 07:42

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވި ހަ މެންބަރަކު ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އާއި ގުޅިވަޑައިގެންފިއެވެ.

އެ މެންބަރުންނަކީ ހުރާ ދާއިރާ ކާމިޔާބު ކުރެއްވެވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާ ކާމިޔާބުކުރެއްވެވި ޙަސަން ޒަރީރު، މައްޗަންގޮޅި މެދު ދާއިރާ ކާމިޔާބުކުރެއްވި އަހްމަދު ޒަމީރު، ތިމަރަފުށި ދާއިރާ ކާމިޔާބު ކުރެއްވި އަހްމަދު ރިޔާޒް، ނައިފަރު ދާއިރާ ކާމިޔާބުކުރެއްވި ޔާސީން އަބްދު ﷲ ގެ އިތުރުން ވިލިނގިލި ދާއިރާ ކާމިޔާބު ކުރެއްވި ޢާޒިމް ޢަބްދުލް އަޒީޒެވެ.

މިއާއެކު 20 ވަނަ މަޖިލީހުގައި ކޮންގްރެސް ޕާޓީ ތަމްސީލުކުރައްވާނެ މެންބަރުންގެ އަދަދު މިވަނީ 72 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް