މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބައިވެރިވާހާލު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އެގޮތުން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުﷲ ޝާހިދުގެ ލޮބުވެތި ބައްޕާފުޅު، އަލް މަރްޙޫމް، ދަރަވަންދޫގޭ މޫސާ ޖަމީލް، ހ. ރަބީޢީމަންޒިލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެހީ ނުހަނު ފުން ހިތާމަޔާއެކުގައި ކަމަށެވެ.
"إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!، އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمین" ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އޭނާގެ ބައްޕަ 88 އަހަރުގައި އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލު ދީދީއަކީ، ޝައިހު މުހަންމަދު ޖަމީލް ދީދީގެ އެއް ބަފާ ކޮއްކޯފުޅެވެ. އަދި އޭނާ އަކީ ހުސެއިން ސަލާހުއްދީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ވެސް މެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް