މިރޭގެ ވިއްސާރައިގާ ހުޅުމާލޭ ހޮސްޕިޓަލުގައި ފެންބޮޑުވެއްޖެ

މިރޭ މާލެ ސަރަހައްދަށް ކުރަމުންމިދާ ވިއްސާރައިގާ ހުޅުމާލޭ ހޮސްޕިޓަލްގެ އެތެރޭގައި ފެންބޮޑުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއާއި އޮންލައިން ނޫސް، ވަގުތުން އެ ނޫހުގައި ހިއްސާކޮށްފ...

24 Apr 2023 | 15:45

މިރޭ މާލެ ސަރަހައްދަށް ކުރަމުންމިދާ ވިއްސާރައިގާ ހުޅުމާލޭ ހޮސްޕިޓަލްގެ އެތެރޭގައި ފެންބޮޑުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއާއި އޮންލައިން ނޫސް، ވަގުތުން އެ ނޫހުގައި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު އެ ހޮސްޕިޓަލްގެ ގްރައުންޑް ފްލޯގައި ފެންބޮޑުވުމުން ފެން ބޭރުކޮށް ތަން ސާފުކުރުމުގެ މަސައްކަތް ތަނުގެ މުވައްޒަފުން ކުރަމުންދާ މަންޒަރު ފެނެއެވެ.

މިރޭ ބޯކޮށް ވާރޭވެހި ހުޅުމާލޭ ހޮސްޕިޓަލުގައި ފެންބޮޑުވެފައިވާއިރު މާލޭގެ ބައެއް ބޮޑެތި މަގުތަކުގައިވެސް މިހާރު ވަނީ ފެންބޮޑުވެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ -

ވިއްސާރައިގާ ފެންބޮޑުވެފައިވާއިރު މިރޭ އަށަކުން މިރޭ އެކަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް