ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މާލެ ހިމެނޭހެން މެދުރާއްޖޭގެ ފަސް އަތޮޅަކަށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މިރޭގެ 08:05 އާއި މިރޭ 01:00 އާއި ދެމެދުގެ ވަގުތަށް މި ސަމާލު ނެރެފައިވަނީ ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށެވެ.
މެޓުން މި ސަމާލު ނެރެފައިވާއިރު މިރޭގެ މޫސުން ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައި މިރޭ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށް ބުނެފައިވެއެވެ.
ދެކުނާއި މެދުރާއްޖެއަށް މޫސުން ގޯސްނަމަވެސް އަދި އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރިނަމަވެސް އުތުރުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް