ކޯވިޑްގައި މިދިޔަ ހަފްތާގައި ރާއްޖެއިން ދެ މީހުން މަރުވެއްޖެ

މިދިޔަ ހަފްތާގައި ރާއްޖެއިން ކޯވިޑް-19 ޖެހިގެން ދެ މީހުން މަރުވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން ކޯވިޑްގެ އަދަދުތައް ދަނީ އެއް ހަފްތާއިން އަނެއް ހަފްތާއަށް އިތުރު ވަމުންނ...

24 Apr 2023 | 12:49

މިދިޔަ ހަފްތާގައި ރާއްޖެއިން ކޯވިޑް-19 ޖެހިގެން ދެ މީހުން މަރުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން ކޯވިޑްގެ އަދަދުތައް ދަނީ އެއް ހަފްތާއިން އަނެއް ހަފްތާއަށް އިތުރު ވަމުންނެވެ. މީގެ ދެ ހަފްތާ ކުރިން148 މީހުންނަށް ކޯވިޑް ޖެހުނު އިރު މިދިޔަ ހަފްތާގައި ރާއްޖެއިން199މީހުންނަށް ބަލި ޖެހިފައިވެ އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ވަނީ ދެ މީހަކު ކޯވިޑް ބަލީގައި މަރުވެފައި އެވެ. މިއާއި އެކު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ313 އަށް އަރާފައި އެވެ.

އެމީހުން މަރުވީ ކޮން ދުވަސްތަކެއްގައި ކަމެއް އަދި އެއީ ކޮން އުމުރެއްގެ މީހުން ކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.

އެޗްޕީއޭއިން ބުނީ މީގެ ދެ ހަފްތާ ކުރިން28 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށި އިރު އެ އަދަދު މިދިޔަ ހަފްތާގައި ވަނީ35 އަށް އިތުރުވެފައި އެވެ.

އެޗްޕީއޭއިން ވަނީ ސްކޫލް މިޑް ޓާމް ބަންދާއި ދިމާކޮށް ކޯވިޑް ކޭސްތައް އިތުރުވެދާނެ ކަމަށް ލަފާކޮށްފައި އެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް