ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. މިކަން ހާމަކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރ...

24 Apr 2023 | 12:26

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

މިކަން ހާމަކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ރަނގަޅު ފެންވަރަށް ތަރައްޤީކޮށް ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 44,296.90 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 18,871.16 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ވަނީ ފުރިހަމަ ކޮށްފައެވެ.

އަދި ސަރވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20،774.86 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ވަނީ މި މަޝްރޫޢުގެ ދަށުން ފުރިހަމަ ކޮށްފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުއަކީ 90.28 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާފައި ވާތީ އެއްގަމު ދަތުރުފަތުރުކުރުމުގަ އާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ހަނިމާދޫ ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިހާރު ލިބިގެންދާނެ ކަމަށެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް