ތިން ރަށަކުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮއްފި

ގއ. އަތޮޅުގެ ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. އަތޮޅުގައި...

24 Apr 2023 | 10:09

ގއ. އަތޮޅުގެ ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. އަތޮޅުގައި އޮޕަރޭޝަންތަކެއް ހިންގީ ކަނޑުހުޅުދޫ، ދެއްވަދޫ އަދި ގެމަނަފުށީގައި ކަމަށް ފުލުހުން ބުނެފި އެވެ.

މި ތިން ރަށުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން  ކަނޑުހުޅުދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ގެމަނަފުށީ ޕޮލިސް ސްޓޭޝަނާއި ކަނޑުހުޅުދޫ ޕޮލިސް ޑެސްކު ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ބުނެފައި ވަނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 41 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

ދެއްވަދޫގައި ހިންގި އޮޕަރޭޝަނަކީ އޭޕްރިލް 22 ވަނަ ދުވަހު ހިނގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓްތަކަކާއެކީ  31 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެޕްރީލް 21 ވަނަ ދުވަހު ގެމަނަފުށީގައި ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރުކޮއްފައިވަނީ  މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި 5 ކަރުދާސްކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާ އެކީ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެތީގެ މި ތިން މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް