ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް އަނެއްކާވެސް ވީދާލައިފި

ވ. ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް އަނެއްކާވެސް ވީދައިލައިފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ސިރާޖު މީޑިއާ އަށް  މައުލޫމާތު ދެމުން ވިދާޅުވީ މިއީ އެ ރަށ...

24 Apr 2023 | 09:33

ވ. ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް އަނެއްކާވެސް ވީދައިލައިފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ސިރާޖު މީޑިއާ އަށް  މައުލޫމާތު ދެމުން ވިދާޅުވީ މިއީ އެ ރަށު މިސްކިތުގައި ހުރި ޚަތިމުތައް ވީދާލި ދެވަނަ ފަހަރު ކަމަށެވެ. އެންމެ ފުރަތަމަ މިފަދަ އަމަލެއް ހިންގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެ ފަހަރު އެ ރަށު މިސްކިތުގައި އޮތް 10 ވަރަކަށް ހަތިމު ވީދައިލައިފައެވެ. އޭގެ ފަހުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަނެއްކާ ވެސް އެ ރަށު މިސްކިތުގައި އޮތް 20 ވަރަކަށް ޚަތިމު ވީދައިލައިފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

ކޮންމެ ފަހަރަކުވެސް އިރާލާފައި ހުންނަނީ ގަނޑުތަކުގެ ވަކި ވަރަކަށެވެ. އެއްވެސް ގަނޑެއް އެއްކޮށް ވަކިކޮށްލާފައެއް ނުހުރެ އެވެ.

ސިރާޖު ވިދާޅުވީ މިކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ނުވަަ މީހަކު ނެތް ކަމަށެވެ. އަދި މިއީ ކޮން މަގުސަދެއްގައި ބަޔަކު މީހުން ކުރާ ކަމެއްކަން ވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަ ދެ ފަހަރު ވެސް ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު މީހަކު ހައްޔަރު ކުރި ކަމެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް