މިދިޔަ ހަފްތާގައި ރާއްޖެއިން 200 އެއްހާ މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާތާ ދެތިން ހަފްތާ ވެއްޖެ އެވެ. އެޗްޕީއޭއިން މިހާރު ދަނީ ކޮންމެ ހަފްތާއަކު ބަލި ޖެހޭ މީހުންގެ އަދަދު ހާމަ ކުރަމުންނެވެ.
މިއަދު އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ 16-22 އަށް 199 މީހުންނަށް ބަލި ޖެހިފައިވެ އެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ މާލެއިންނެވެ.
އެގޮތުން މާލެ ސަރަހައްދުން 137 މީހުންނަށް ކޯވިޑް ޖެހުނު އިރު އަތޮޅު ތެރެއިން 17 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި އެހެނިހެން ރަށްތަކުން 45 މީހުންނަށް ބަލި ޖެހިފައިވެ އެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން މިދިޔަ ހަފްތާގައި 35 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިމަހު 22 ގެ ނިޔަލަށް ރާއްޖެއިން 186،241 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 313 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް