ޗާގޮސް މައްސަލައިގަ ރާއްޖެއިން މޮރިޝަންއާއި ޑީލް ހެދި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ 23 މެންބަރުންގެ ވޯޓުންނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގަ ވިދާޅުވީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރި ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާކަމަށެވެ. ސިޔާސަތު ބަދަލުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަސް ފޮނުއްވި ސިޓީ ހާމަ ކުރުމަށްވެސް ގޮވާލާއްވާފައިވެ އެވެ.
އާދަމްގެ ކުއްލި މައްސަލައިގަ ވަނީ ޗާގޮސް ދޫކޮށްލުމަށް މޮރިޝަސް އާއި އެކު ހެދި ޑީލް ހާމަކޮށް، އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް އެދިވަޑައިގެންފައި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޮޑި އިންޗިއެއްގެ މިންވަރު ވިޔަސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް