ޕްލާސްޓިކް ކޮތަޅު އަގު ހެޔޮ ކުރުމާއި ނަޝީދު ދެކޮޅު!

ޕްލާސްޓިކް ކޮތަޅު އަގު ހެޔޮ ކުރުމާއި ދެކޮޅުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަ ކުރައްވައިފި އެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި މުއާމަލާތްތަކުގައި ބޭނުން ކުރާ ޕްލ...

24 Apr 2023 | 06:40

ޕްލާސްޓިކް ކޮތަޅު އަގު ހެޔޮ ކުރުމާއި ދެކޮޅުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަ ކުރައްވައިފި އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި މުއާމަލާތްތަކުގައި ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިމަހުގެ18 ވަނަ ދުވަހުން ފެށިގެންނެވެ. ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށުމުން އާންމުންނަށް ތަކުލީފު ބޮޑުވެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.

މި މައްސަލައާއި ގުޅޭގޮތުން ހިޔާލު ފާޅު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ސިންގަލް ޔޫސް ޕްލާސްޓިކް މަދު ކުރުން ކަމަށެވެ. މިކަން ކޮންޓްރޯލް ކުރެވޭނީ އުގޫބާތެއް ކަނޑައަޅައިގެން ނޫނީ ޓެކްސް ބޮޑުކޮށްގެން ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕްލާސްޓިކް ކޮތަޅު އަގު ބޮޑު ކުރީ އެނގިތިބެ ކަމަށެވެ. އަދިވެސް ގަބޫލުކުރައްވާ ގޮތުގައި ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް