ޝާޒް، ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި

ގުރައިދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރު އިބްރާހިމް ޝާޒް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައް...

24 Apr 2023 | 06:04

ގުރައިދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރު އިބްރާހިމް ޝާޒް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެވެ.

ޝާޒްއަށް މެމްބަރުކަމުގެ ހުުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ސުޖޫން އެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ހުވާ ކުރެއްވުމަށް ފަހު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝާޒް ވަނީ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންނަވާފައި އެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރެއްވީ ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓުންނާއި ވާދަ ކުރައްވައިގެންނެވެ. މިއީ މި ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މި ގޮނޑިއާއި އެކު އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނ ީ68 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް