އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ސައުތު ޕޮލިސް ޑިވިޒަނުން ހައްޔަރުކޮށްފިއެވެ. ސައުތު ޕޮލިސް ޑިވިޒަންގައި ހިމެނެނީ ގއ، ގދ، އައްޑޫ ސިޓީ އަދި...

24 Apr 2023 | 02:24

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ސައުތު ޕޮލިސް ޑިވިޒަނުން ހައްޔަރުކޮށްފިއެވެ.

ސައުތު ޕޮލިސް ޑިވިޒަންގައި ހިމެނެނީ ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. މައްސަލައާއި ގުޅިގެން އުމުރުން 33 އަހަރުގެ މީހަކު ހައްޔަރު ކުރީ ޖެހިގެން އައި ދުވަހު ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެމީހަކު ހައްޔަރުކުރުމުން ކޯޓުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް