ނިއު ޒީލެންޑް ކައިރިން ބާރުގަދަ ބިންހެލުމެއް – ސުނާމީއެއްގެ ނުރައްކަލެއް ނެތް

ނިއު ޒީލެންޑް ކައިރިން ބާރުގަދަ ބިންހެލުމެއް – ސުނާމީއެއްގެ ނުރައްކަލެއް ނެތް ނިއު ޒީލެންޑްގެ ސަބް ޓްރޮޕިކް ރަށްތަކެއްގެ ގޮތުގައި އޮންނަ ކަރްމަޑެކް އައިލެންޑްސް އަށް ބާރުގަދަ ބިންހެލުމެއް އައި ނަމަވެސ...

24 Apr 2023 | 02:04

ނިއު ޒީލެންޑް ކައިރިން ބާރުގަދަ ބިންހެލުމެއް – ސުނާމީއެއްގެ ނުރައްކަލެއް ނެތް

ނިއު ޒީލެންޑްގެ ސަބް ޓްރޮޕިކް ރަށްތަކެއްގެ ގޮތުގައި އޮންނަ ކަރްމަޑެކް އައިލެންޑްސް އަށް ބާރުގަދަ ބިންހެލުމެއް އައި ނަމަވެސް ސުނާމީއެއްގެ ނުރައްކަލެއް ނިއު ޒީލެންޑަށް ނެތްކަމުގައި އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

އެގޮތުން އެ ގައުމުގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީ (ނީމާ) އިން ބުނެފައިވަނީ ކަރްމަޑެކް އައިލެންޑްސް ރީޖަން އަށް އައި 7.1 މެގްނިޓިއުޑްގެ ބިންހެލުމާއި ގުޅިގެން ސުނާމީ އުފެދިފައިވޭތޯ ބެލި ކަމަށާއި އެހެން ނަމަވެސް ސުނާމީއެއްގެ ނުރައްކަލެއް އަދި އެ ގައުމަށް ނެތްކަމަށެވެ.

"މިވަގުތު ލިބެން ހުރި މައުލޫމާތަށް ބުރަވާއިރު ނިއު ޒީލެންޑަށް ސުނާމީއެއްގެ ނުރައްކަލެއް ނެތް" ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީ (ނީމާ) އިން ބުނެފައިވެއެވެ.

ކަރްމަޑެކް އައިލެންޑްސް އަށް މި ބިންހެލުން އައިސްފައިވަނީ ނިއު ޒީލެންޑް ގަޑިން މެންދުރު 12:42، ރާއްޖޭގަޑިން ފަތިހު 05:42 ހާއިރުގައެވެ.

މި ބިންހެލުން ފުރަތަމަ ރެކޯޑު ކުރީ 7.3 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު މި ބިންހެލުމަކީ 7.1 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ގޮތުގައި ވަނީ ރެކޯޑު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް