ޕްލާސްޓިކް މަދުކުރަން ސަރުކާރުގެ ހަރުދަނާ އެއްވެސް ސިޔާސަތެއް ނެތްކަމުގައި ރައްޔިތުންގެ ދާއިރާގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ނާޒިމް ވިދާޅުވެފައިވަނީ ފަގީރުކަން ނުހަނު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އަދި ރައްޔިތުންނަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިއްބައިނުދީ ތިމާވެއްޓަށްޓަކައި ކަމަށްބުނެ ކޮތަޅުގެ އަގު ބޮޑުކުރުމަކީ ރައްޔިތުން ނިކަމެތި ކުރުން ކަމަށެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު ކުނި މެނޭޖްކުރުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަންފެށުމާއެކު ނިޒާމުގައި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކުރެވިގެން ގޮސްފައެވެ.
https://twitter.com/nazim7878/status/1650211363858567168?t=9H3fp1VjaOQAWqE3D-ItTA&s=19
އެކަންކަން ހައްލުކުރަން އަނެއްކާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް