ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ދެ ފިރިހެނަކު ހައްޔަރުކޮށްފި

ސައުތު ޕޮލިސް ޑިވިޒަނުގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ...

23 Apr 2023 | 19:24

ސައުތު ޕޮލިސް ޑިވިޒަނުގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ ފިރިހެނުން ހައްޔަރުކޮށްފައިވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނާ މައްސަލައެއްގައެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު މި މައްސަލައަކީ ހޮނިހިރު ދުވަހުގެ ރޭ ޕޮލިހަށް ހުށަހެޅުނު މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.

ސައުތު ޕޮލިސް ޑިވިޒަންގައި ހިމެނެނީ ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް