130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ މީހުން އަލުން ބަންދު ކުރަން އަމުރު ކޮށްފި

ކަނޑުމަގުން ރާއްޖެ އެތެރެ ކުރި130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ ދެމީހުން އަލުން ބަންދު ކުރަން ހައި ކޯޓުން އަމުރު ކޮށްފި އެވެ. މި މައްސަލައިގަ2020 ވަނަ އަހަރު ހައްޔަރު ކުރީ ގއ. ވިލިނގިލި ...

24 Apr 2022 | 11:55

ކަނޑުމަގުން ރާއްޖެ އެތެރެ ކުރި130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ ދެމީހުން އަލުން ބަންދު ކުރަން ހައި ކޯޓުން އަމުރު ކޮށްފި އެވެ.

މި މައްސަލައިގަ2020 ވަނަ އަހަރު ހައްޔަރު ކުރީ ގއ. ވިލިނގިލި ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހުމަދު މޫސާ އެވެ. ކްރިމިނަލް ކޯޓުން އެ ދެމީހުން މިމަހު ކުރީކޮޅު ދޫކޮށްލީ ބޭސް ފަރުވާއަށް ދެ މަސް ދުވަހަށެވެ.

އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ދެ މީހުން ދޫކުރަން އެންގި އެންގުން ބާތިލްކުރާ ކަމަށެވެ. އަދި އެ މީހުން ބަންދުކުރަން ނެރެފައިވާ އަމުރު އެގޮތުގައި އަދިވެސް ދެމިއެބައޮތް ކަމަށް ނިންމާފައިވާތީ އެ މީހުން އަލުން ޖަލު ބަންދަށް ބަދަލު ކުރާނެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މީހުންގެ ސިއްހީ ފަރުވާއާ ގުޅިގެން މީހަކު ބަންދުން ދޫކުރެވޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައި އޮތަސް، އެ ނިންމުމާ މިހާރު ދުރަށް ދާންޖެހޭ ކަމަށެވެ.

ތިން ފަނޑިޔާރުން މައްސަލަ ބެއްލެވި އަޑު އެހުމުގައި ފަނޑިޔާރުން އެގޮތަށް ނިންމެވީ ޝަހީމާއި އަހުމަދުގެ ސީރިއަސް ސިއްހީ މައްސަލއެއް ނެތުމުންނެވެ.

އެ ދެމީހުން ބަންދުން ދޫކޮށްދިނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ޖަލުގައި ބޭސް ފަރުވާ ނުލިބޭ ކަމަށް ބުނެ ޝަކުވާ ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް