އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ބަވާވަރަށްވުރެ ސަރުކާރު މާ ކާމިޔާބުކަމަށް މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
ރާޝިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެންނަ މަންޒަރަކީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިކުރުމަށް އިދިކޮޅުން އުކާނެ ދުނި ދަނޑިތަކާއި ކުޅޭނެ ކާޑުތައް ތައްޔާރުކޮށް ލިޔެދީ ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.
"މިފަދަ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލާ." ރާޝިދު ވިދާޅުވިއެވެ.
ރާޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސް އެމްޑީޕީ ސަރުކާރަށް "ބަވާ" ވަރަށް ވުރެ މި ސަރުކާރު މާ ކާމިޔާބު ކަމަށެވެ.
ރާޝިދުގެ މިހޫނު ރައްދު ނަޝީދަށް އަމާޒުވެފައިވަނީ ރޭ އިރާކޮޅު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖަކާއި ގުޅިގެނެވެ. އެ މެސެޖްގައި ނަޝީދު ވިދާޅުވީ މިވަގުތު މި ޕާޓީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ މި ޕާޓީ ނުފެތުންކަމަށެވެ. އަދި އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެޕާޓީގެ ވައުދުތައް ނުފުއްދެނީ ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރު ނޫން ކަމުންކަމަށެވެ.
ކުރިޔަށްއޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް އެޕާޓީ ވަނީ ދެބައިވެ ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ ރައީސް ނަޝީދުގެ ފެކްޝަނާއި ސަރުކާރުހިންގާ ރައީސް ސޯލިހުގެ ފެކްޝަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް