އެޗްޕީއޭގެ ކޯލްސެންޓަރުގެ ހިދުމަތް ދެން ދޭނީ ރަސްމީ ގަޑިތަކުގައި އެކަނި

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދެމުންދާ ކޯލްސެންޓަރުގެ ހިދުމަތް ދެން ދެމުންގެންދާނީ ރަސްމީގަޑިތަކުގައި އެކަނިކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕިއޭއިން ބުނީ މިއަދު މިގެ...

24 Apr 2022 | 09:59

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދެމުންދާ ކޯލްސެންޓަރުގެ ހިދުމަތް ދެން ދެމުންގެންދާނީ ރަސްމީގަޑިތަކުގައި އެކަނިކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕިއޭއިން ބުނީ މިއަދު މިގެނުވުނު ބަދަލާއެކު ކޯލްސެންޓަރުގެ ހިދުމަތް ހަމައެކަނި ރަސްމީ ގަޑީ ގައި ދިނުމަށް ބަދަލުކުރެވިފައިވާ ކަމުގައި ދަންނަވާކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ބަދަލާއެކު، ކޮވިޑަށް ފައްސިވާ ފަރާތްތަކުން ކޯލް ސެންޓަރއާ ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލެވޭނެކަމަށެވެ. އަދި މާލެ ސަރަހައްދުގައި، ކޮވިޑް-19 އަށް ފައްސިވެފައިވާ ނުވަތަ ޑައިރެކްޓް ކޮންޓެކްވެގެން ކަރަންޓީ ނުގައި ތިއްބަވާ ފަރާތްތަކުން ޞިއްޙީ ފަރުވާ ހޯދަންޖެހޭ ޙާލަތްތަކުގައި އެންމެ ކައިރި ހޮސްޕިޓަލަކާ ގުޅުއްވައިގެން އޮންލައިން ކޮންސަލްޓޭޝަން ނުވަތަ އެ ހޮސްޕިޓަލަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ޞިއްޙީ ފަރުވާ ހޯއްދެވުމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި މި ފަދަ ފަރާތްތަކުގެ ތެރެއިން ކުއްލިއަކަށް ޙާލުބޮޑުވެ، އެމެޖެންސީ ގައި ފަރުވާދޭން ޖެހޭ ފަރާތްތައް އެމެޖެންސީ މެޑިކަލް ސަރވިސް (އ .އެމް.އެސް) ގެ ނަންބަރ 100 އަށް ގުޅުއްވުމަށް އެޗްޕީއޭއިން އަންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް