ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ 'ނޭވާ-2'ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

'ނޭވާ-2'ގެ ނަމުގައި، ކަނޑުއަޑީގައި ނޭވާ ހިފަހައްޓާ ދުނިޔޭގެ ރިކޯޑު ގާއިމު ކުރުމަށް ބާއްވާ ހާއްސަ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. ންމެ ގިނަ އަދަދެއްގެ މީހުން، އެއްފަހަރާ މޫދ...

24 Apr 2022 | 09:16

'ނޭވާ-2'ގެ ނަމުގައި، ކަނޑުއަޑީގައި ނޭވާ ހިފަހައްޓާ ދުނިޔޭގެ ރިކޯޑު ގާއިމު ކުރުމަށް ބާއްވާ ހާއްސަ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ންމެ ގިނަ އަދަދެއްގެ މީހުން، އެއްފަހަރާ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ދުނިޔޭގެ ރިކޯޑު ހެދުމަށް ބާއްވާ މިހަރަކާތް އޮންނާނީ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

މި ހަރަކާތުގެ ޑިޖިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ދިރާގުގެ މައި އޮފީހުގައެވެ.

މޯލްޑިވްސް ފްރީޑައިވިން އެސޯސިއޭޝަނުން އިންތިޒާމު ކުރާ މި ހަރަކާތަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތެކެވެ.

2019 އަހަރުވެސް ރާއްޖެއިން ވަނީ އެންމެ ގިނަ މީހުން އެއް ފަހަރާ ފްރީޑައިވް ކުރުމުގެ ރިކޯޑު ހަދާ ފައެވެ. މި ހަރަކާތަށް ދެވިފައިވާ ނަމަކީ 'ނޭވާ-1' ކެވެ. އެހަރަކާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ކެބިނެޓުގެ ވަޒީރުންނާއެކު ޖުމްލަ 521 މީހުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް