ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓުން ރާއްޖެ އާއި ރަޝިޔާއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ. މިދަތުރުތައް ރާއްޖެއަށް ކުރަން ނިންމީ ރަޝިއާގެ ބޯޓުފަހަރަށް ރާއްޖެ އިން ހިދުމަތް ދޭނެ...

24 Apr 2022 | 08:06

ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓުން ރާއްޖެ އާއި ރަޝިޔާއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

މިދަތުރުތައް ރާއްޖެއަށް ކުރަން ނިންމީ ރަޝިއާގެ ބޯޓުފަހަރަށް ރާއްޖެ އިން ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ރާއްޖެއިން ދިނުމާއިއެކުއެކުއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ރަޝިއާގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ، މިހާރު ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދުކުރެވެމުންދާ ހަނގުރާމައާއި ގުޅިގެނެވެ. ދެ ގައުމުގެ ދެމެދު ދަތުރުތައް ހުއްޓާލާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ނަމަވެސް މިދިޔަ މަހު ރަޝިއާގެ ފެޑަރަލް އެއާޓްރާންސްޕޯޓް އެޖެންސީން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތީރިޓީއަށް، ފޮނުވި ސިޓީއެއްގައި ވަނީ އެއިރޯފްލޮޓްގެ ބޯޓުތަކަށް ރާއްޖެ އިން ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދިނުމަށް އެދިފައެވެ.

އެ ސިޓީގެ ޖަވާބުގައި މިދިޔަ ބުރާސްފަތި ދުވަހު ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސެއިން ޖަލީލް ސޮއިކުރައްވައި އެ އެޖެންސީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ ޔަގީންކަން ދީފައެވެ.

އެހެންކަމުން އަންނަ މަހުގެ 13 އިން ފެށިގެން އެ އެއިރޯފްލޮޓްގެ ސީދާ ޝެޑިއުލް ދަތުރުތައް މޮސްކޯ އާއި ރާއްޖެއާ ދެމެދު ބޭއްވަން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް