ސައުދީ ފިރިހެނަކު މަސްތުގެ ހާލަތުގައި އަމިއްލަ ގޭގައި ހުޅުޖަހައި އާއިލާ އެންމެން މަރާލައިފި

ސައުދީ އަރަބިއްޔާ ފިރިހެނަކު އަމިއްލަ ގޭގައި ހުޅުޖަހައި އާއިލާގެ ހަތަރު މީހަކު މަރާލައިފި އެވެ. މި ހާދިސާ ހިނގީ ބުރާސްފަތި ދުވަހު ސައުދީގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ކާތިފްގަ އެވެ. ގޭގައި ރޯވި އަލިފާ...

24 Apr 2022 | 05:37

ސައުދީ އަރަބިއްޔާ ފިރިހެނަކު އަމިއްލަ ގޭގައި ހުޅުޖަހައި އާއިލާގެ ހަތަރު މީހަކު މަރާލައިފި އެވެ.

މި ހާދިސާ ހިނގީ ބުރާސްފަތި ދުވަހު ސައުދީގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ކާތިފްގަ އެވެ. ގޭގައި ރޯވި އަލިފާންގަނޑު ނިވާލީ އެ ސަރަހައްދުގެ ސިވިލް ޑިފެންސް ޓީމުން ގޮސް އެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ގޭގައި ރޯކޮށްލީ ޕެޓްރޯލް އަޅައިގެންނެވެ. މި ހާދިސާގައި އޭނާގެ މަންމަ، ބައްޕަ އަދި އެއްބަނޑުއެއްބަފާ ފިރިހެން ކޮއްކޮ އާއި އަންހެން ކޮއްކޮ މަރުވެފައިވެ އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށް ހިންގި ތަހުގީގުން އެނގުނު ގޮތުގައި އޭނާ އަމިއްލަ ގޭގައި ހުޅުޖެހީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެގެން ވާނުވާ ނޭނގޭ ހާލަތުގައި އެވެ.

ފުލުހުން ބުނީ އޭނާ ގޭގައި ހުޅުޖެހީ އާއިލާގެ އެއްވެސް މީހަކަށް ގެއިން ނުނުކުމެވޭގޮތް ހަދައި ކޮޓަރިއަކަށް ލައި ބަންދު ކުރުމަށް ފަހު އެވެ. އަދި އެހީއަށް އެދި މީހަކަށް ނުގުޅޭނެގޮތްވެސް އޭނާ ހެދި ކަމަށް ބުންޏެވެ.

އޭނާ ގޭގައި ރޯކޮށްލީ ރޯދަ ވީއްލާގަޑި ވަރަށް ކައިރިވެފައި ހުއްޓަ އެވެ. އެހެންވެ ފުރަތަމަ އަވައްޓެރިން ހީކުރީ ކެއްކުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގޭގައި ރޯވީ ކަމަށެވެ.

20 އަހަރުތައް ގުނަމުންދާ އެ ފިރިހެން މީހާ ފުލުހުން ވަނީ އެ ރޭ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް