ހއ. ބާރަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ އެ ރަށުގައި ކުރިޔަށް ގެންދަނީ ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫއު ކަމަށެވެ.
މިހާރު ކުރިޔަށް ދަނީ ކުރިން ފުންކޮށްފައިވާ ހާބާ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތް ކަމަށް ބުންޏެވެ. އެ މަސައްކަަތުގެ 63 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.
މި މަޝްރޫޢުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރާނެ އެވެ. އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫޢަކީ 12.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް