ހިޔާގެ ބައެއް ޓަވަރުތަކުގައި ވެމްކޯ ޔުނިޓު ހަދައި، މަގުމައްޗަށް ކުނި ނެރުން މަނާކޮށްފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޔުނިޓުތައް ގާއިމްކޮށްފި އެވެ. ވެމްކޯއިން ބުނީ ހިޔާ ޓަވަރު،1314،15 އަދި16 ގެ ކޮމް...

24 Apr 2022 | 04:20

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޔުނިޓުތައް ގާއިމްކޮށްފި އެވެ.

ވެމްކޯއިން ބުނީ ހިޔާ ޓަވަރު،1314،15 އަދި16 ގެ ކޮމްޕައުންޑުގައި ވެމްކޯގެ ޑަސްޓްބިން ބަހައްޓާފައި ހުންނާނެ ކަމަށެވެ. އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން މިއަދުން ފެށިގެން ކުނި އަޅަން ވާނީ އެ ޓަވަރުތަކުގައި ހަދާފައިވާ ވެމްކޯގެ ޔުނިޓަށް ކަމަށް ބުނެ އެވެ.

ކުނި ގެންދާއިރު ޕްލާސްޓިކް ވަކި ކޮތަޅެއްގައި، ބަދިގޭ ކުނި ވަކި ކޮތަޅެއްގައި އަދި އެހެނިހެން ކުނި ވަކި ކޮތަޅެއްގައި ބަންދު ކުރަންވާނެ ކަމަށް ބުނެ އެވެ. ކުނި އުކޭނީ ރޭގަނޑު9:00ން ދަންވަރު12:00 އަށް ކަމަށް ވެމްކޯއިން މައުލޫމާތުދެ އެވެ.

ވެމްކޯއިން ބުނީ އެ ޓަވަރުތަކުގައި އުޅޭ ފަރާތްތަކުން ބޭރަށް ކުނި ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ވެމްކޯއިން ދަނީ ހިޔާ ފްލެޓުތަކުގެ ހުރިހާ ޓަވަރެއްގައިި ޔުނިޓުތައް ހަދައި ކޮމްޕައުންޑުގައި ޑަސްޓްބިން ބަހައްޓަމުންނެވެ.

މިހާތަނަށް ހިލޭ ކުނި އުކައި ދެމުން އައި ނަމަވެސް މެއި އެއް ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓުތަކުން ކުނި އުކަން ކުލި ނަގާނެ ކަމަށް ވެމްކޯއިން ވަނީ އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް