ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ފާރިޝް ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ފާރިޝް މައުމޫން ކާމިޔާބު ކުރައްވައިފި އެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕީއެމް ޕްރައިމަރީ ފާރިޝް ކާމިޔާބު ކުރެއްވީ 289 ވޯޓުންނެވެ. އޭނާއާ ވާދ...

24 Apr 2015 | 13:42

މިއަދު ކުރިއަށްދިޔަ ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ފާރިޝް މައުމޫން ކާމިޔާބު ކުރައްވައިފި އެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕީއެމް ޕްރައިމަރީ ފާރިޝް ކާމިޔާބު ކުރެއްވީ 289 ވޯޓުންނެވެ. އޭނާއާ ވާދަ ކުރެއްވި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރަށް ލިބިވަޑައިގެންނެވީ 142 ވޯޓެވެ.

ވަކި ވަކި ފޮށިތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު މ. މަޑުވަރީގައި ބެހެއްޓި ވޯޓު ފޮށިން ފާރިޝް މައުމޫނަށް 32 ވޯޓު ލިބުނުއިރު މޫސާ ނަސީރަށް ލިބުނީ 10 ވޯޓެވެ. ވޭވަށުގައި ބެހެއްޓި ވޯޓު ފޮށިން ފާރިޝް މައުމޫނަށް 16 ވޯޓު ލިބުނުއިރު މޫސާ ނަސީރަށް އެ ފޮށިން 26 ވޯޓު ލިބުނެވެ.

މުލީގައި ބެހެއްޓި ވޯޓު ފޮށިން ފާރިޝް މައުމޫނަށް 124 ވޯޓު ލިބުނުއިރު މޫސާ ނަސީރަށް ލިބުނީ 47 ވޯޓެވެ. ދިއްގަރު ވޯޓު ފޮށިން ފާރިޝް މައުމޫނަށް 76 ވޯޓު ލިބުނުއިރު މޫސާ ނަސީރަށް އެފޮށިން ލިބުނީ 34 ވޯޓެވެ.

ޕްރައިމަރީގެ ވޯޓުލުން ބާއްވާފައި ވަނީ ދަރުބާރުގެ ބިއްލޫރި މާލަމުގަ އާއި މ. ދިއްގަރު އާއި މަޑުއްވަރީ، ވޭވަށް، އަދި މުލީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް