އިމިގްރޭޝަނަށް 75 އަހަރު: އައު ކޮންޓްރޯލަރު ވިދާޅުވީ ޚިދުމަތް އިތުރަށް ފުޅާވުމަކީ ކުރައްވާ އުންމީދު ކަމަށް

މޯލްޑިވްސް އިމިގްރޭޝަން އަށް މިއަދު 75 އަހަރު ފުރިއްޖެއެވެ. އިމިގްރޭޝަނުން މިއަދު އަލިމަސް ޔޫބީލް ފާހަގަކުރަމުންދާއިރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދ...

24 Mar 2025 | 07:16

މޯލްޑިވްސް އިމިގްރޭޝަން އަށް މިއަދު 75 އަހަރު ފުރިއްޖެއެވެ.

އިމިގްރޭޝަނުން މިއަދު އަލިމަސް ޔޫބީލް ފާހަގަކުރަމުންދާއިރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވަނީ އިމިގްރޭޝަނަށް ޚިދުމަތްކޮށްދެއްވި އަދި މިހާރުވެސް ހީވާގި ކަމާއެކު ޚިދުމަތް ކޮށްދެއްވަމުން އަންނަ އެންމެހައި މުވައްޒަފުންނަށް ޝުކުރާއި ތަހުނިޔާ ދަންނަވާފައެވެ.

ކޮންޓްރޯލަރުގެ މެސެޖުގައި ވިދާޅުވެފައިވަނީ އިމިގްރޭޝަންގެ 75 އަހަރުގެ ދިގު ތާރީޙުގައި، ޤައުމުގެ ދޮރާށިތައް ރައްކާތެރިކޮށް، ބެލެހެއްޓުމުގައްޔާއި، ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރުމަށް އުޅޭ ބިދޭސީންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ޒަމާނުއްސުރެ ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ ކަމަށެވެ.

ކޮންޓްރޯލަރގެ އެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް އިމިގްރޭޝަންގެ ޚިދުމަތް އިތުރަށް ފުޅާވެ، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެއްވި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިއުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް