މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރިއަށްދާނެ: އިސްލާމިކް މިނިސްޓްރީ

ދަ ގްރޭޓަރ، މާލެ އޭރިއާއޭ މި ކިޔާ އޭރިއާގައި މި އަހަރުވެސް ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނެކަން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ގެޒެޓު ކުރި...

24 Mar 2025 | 06:58

ދަ ގްރޭޓަރ، މާލެ އޭރިއާއޭ މި ކިޔާ އޭރިއާގައި މި އަހަރުވެސް ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނެކަން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1446 ވަނަ އަހަރު މާލެ ސިޓީގައި ފިޠުރު ޢީދު ނަމާދު ކުރުމަށް މައިދާންތަކާއި މިސްކިތްތައް ހިމެނޭހެން 23 ތަނެއް ހަމަހިޖެފައިވާކަމަށެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ހަތަރު ސަރަހައްދަކީ މާލޭގައި މާފަންނު ސްޓޭޑިއަމްގައި، ވިލިމާލޭގައި ވިލިމާލެ ބޯޅަދަނޑު ސަރަހައްދުގައި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ސިންތެޓިކް ޓްރެކުގައި އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ކްރިކެޓް ސްޓޭޑިއަމްގައެވެ.

އެ ހަތަރު ސަރައްދުގެ އިތުރުން 23 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމުގައި ބުނެފައިވެއެވެ.

ޢީދު ނަމާދު މާލޭގައި ކުރާނެ މިސްކިތްތައް:

  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
  • މަސްޖިދުލްމަލިކި ސަލްމާން
  • މަސްޖިދުލްފުރުޤާން
  • މަސްޖިދުއްނޫރު
  • މަސްޖިދުއް ޝަހީދު އަލީ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުނބުރި މިސްކިތް)
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  • މަސްޖިދު ޞަލާޙުއްދީން
  •  މަސްޖިދު ޖަލާލުއްދީން
  •  މަސްޖިދު އިބްރާހީމް
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއްސުލްޠާނު، މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
  •  މަސްޖިދުއްޝައިޙް، މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)

ޢީދު ނަމާދު ވިލިމާލޭގައި ކުރާނެ މިސްކިތްތައް

  • މަސްޖިދުއްސަލާމް

ޢީދު ނަމާދު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކުރާނެ މިސްކިތްތައް

  • މަސްޖިދުއްޝައިޙް ޤާސިމް ބިން މުޙައްމަދު އާލް ޡާނީ
  • މަސްޖިދު ރަޝީދު
  • މަސްޖިދު ޢަޒީޒާ މޫސާ

ޢީދު ނަމާދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރާނެ މިސްކިތްތައް

  • މަސްޖިދު ޙަސަން އާދަމް
  • މަސްޖިދު އަބީބަކުރިނިއްޞިއްދީޤް

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ކެންސަލް ވެއްޖެނަމަ، ޢީދު ނަމދު ކުރާނީ މާލޭ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް