ނުދެއްކި ހުރި ކަރަންޓާއި ފެން ބިލުތައް ރައީސް މާފުކޮށްދެއްވައިފި

ޢާއްމު ރައްޔިތުންގެ ނުދެއްކި ހުރި ކަރަންޓު ބިލާއި ފެން ބިލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާފުކޮށްދެއްވައިފިއެވެ. އެގޮތުން މިއަދު ރައީސް ވިދާޅުވީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނ...

24 Mar 2024 | 15:04

ޢާއްމު ރައްޔިތުންގެ ނުދެއްކި ހުރި ކަރަންޓު ބިލާއި ފެން ބިލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާފުކޮށްދެއްވައިފިއެވެ.

އެގޮތުން މިއަދު ރައީސް ވިދާޅުވީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ވާނީ ދަންނަވާފައި ކަމަށެވެ.

އަދި މީގެ އިތުރުން އަދި ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނޭ  ގޮތަށް އެއްބަސްވުން ހެދުމަށް ދަންނަވާފައިވާނެކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް