ޖޭމް ރަމަޟާން ފުޓްސަލް ލީގު 2024 ގެ ފައިނަލް މެޗު މިރޭ – ވާދަކުރަނީ ލަޔަންސް އަދި ތެދެކޭ ތެދެކޭ

ޖޭ އޭ މަނަފަރު ރިސޯޓުގެ މުވައްޒަފުންގެ މެދުގައި މި ރަމަޟާން މަހު ކުރިއަށްގެންދާ ޖޭމް ރަމަޟާން ފުޓްސަލް ލީގު 2024 ގެ ފައިނަލްގެ މެޗު މިރޭ ކުޅޭނެއެވެ. މިރޭ 21:30ގައި ކުޅެވޭ މި ފައިނަލް މެޗުގައި ވާދަކުރަ...

24 Mar 2024 | 11:35

ޖޭ އޭ މަނަފަރު ރިސޯޓުގެ މުވައްޒަފުންގެ މެދުގައި މި ރަމަޟާން މަހު ކުރިއަށްގެންދާ ޖޭމް ރަމަޟާން ފުޓްސަލް ލީގު 2024 ގެ ފައިނަލްގެ މެޗު މިރޭ ކުޅޭނެއެވެ.

މިރޭ 21:30ގައި ކުޅެވޭ މި ފައިނަލް މެޗުގައި ވާދަކުރަނީ އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލް ކަށަވަރުކުރި ޓީމް ލަޔަންސް އާއި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ސެމީ ފައިނަލް މެޗުން މޮޅުވެ ފައިނަލަށް ދަތުރުކުރި ޓީމް ތެދެކޭ ތެދެކޭ އެވެ.

ސެމީ ފައިނަލް މެޗުން ޓީމް ތެދެކޭ ތެދެކޭ މޮޅުވީ ހަތަރު ގޯލު އެއް ގޯލުގެ ތަފާތުންނެވެ. އެ މެޗުގެ މޭން އޮފް ދަ މެޗުކަން ހޯދާފައިވަނީ ޓީމް ތެދެކޭ ތެދެކޭގެ ފަޒީލް އެވެ.

މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމަށް ކުރިއަށްގެންދާ މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ އެ ރިސޯޓުގެ ހިއުމަން ރިސޯސަސް ޓީމުންނެވެ. މި މުބާރާތަށް ފައިސާގެ އިނާމު ސްޕޮންސަރކޮށްފައިވަނީ ކޯޕަރޭޓް ކޮންސިއާޖް ސާވިސަސްގެ ފަރާތުންނެވެ. އެ ފަރާތުން މި މުބާރާތަށް 15 ހާސް ރުފިޔާގެ ފައިސާގެ އިނާމު ހަދިޔާކޮށްފައިވެއެވެ.

ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމު އަދި ރަނަރަޕް ޓީމަށް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ ރެޑް ޒޯން އާއި ލަޔަންސް އާއި ތެދެކޭ ތެދެކޭ އާއި މާނަކާ އަދި އެފްސީ ހޯޕްގެ އިތުރުން ޓިމް އެރޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް