ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި މަރުވި މީހާ ވެއްޓިފައި އޮއްވާ ފެނުނީ ފުލުހުންނަށް !

ރޭގައި ހުޅުމާލެ ފޭސް ދޭއްގައި ހަރުކޮށްފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި މަރުވި ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ ފުލުހުންނަށް ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން...

24 Mar 2024 | 04:49

ރޭގައި ހުޅުމާލެ ފޭސް ދޭއްގައި ހަރުކޮށްފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި މަރުވި ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ ފުލުހުންނަށް ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ދެންމެ ބުނެފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހިޔާ ފްލެޓްސް H3 ޓަވަރު ކައިރީގައި ހުންނަ ޓްރާންފޯމަރު ތެރޭގައި ކަރަންޓުގައި ޖެހި އަނިޔާ ތަކަކާއެކު ވެއްޓިފައި އޮތް މީހަކު ރޭ 04:07ގައި ފެނިފައިވާކަމަށެވެ.

"އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހިތާމަވެރި ހާދިސާއެއްގައި ޒުވާނަކު މިފަދަ ގޮތަކަށް މަރުވެފައިވާއިރު ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ ކަމުގެ ކަންބޮޑުވުން މިދިޔަ ހުކުރު ދުވަހު ސްޓެލްކޯއިން ހާމަކުރިއެވެ. އަދި އެކަން ހިންގަނީ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކުކޮށް އެތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައިގެން ކަމުގައިވެސް ސްޓެލްކޯއިން އޭރު ބުނެފައިވެއެވެ.

އެހެން ނަމަވެސް މިކަމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއްކަންވެސް ސްޓެލްކޯއިން ކުރިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް