ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުމުގެތެރޭގައި ކަރަންޓުގައި ޖެހުނު ޒުވާނަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު ޒުވާން ފިރިހެނެކެވެ.
އެނގިފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ފަތިހު 04:30 ހާއިރުގައެވެ. އަދި އެމީހާ ހުޅުމާލޭ ހޮސްޕިޓަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ހިތާމަވެރި ހާދިސާއެއްގައި ޒުވާނަކު މިފަދަ ގޮތަކަށް މަރުވެފައިވާއިރު ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ ކަމުގެ ކަންބޮޑުވުން މިދިޔަ ހުކުރު ދުވަހު ސްޓެލްކޯއިން ހާމަކުރިއެވެ. އަދި އެކަން ހިންގަނީ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކުކޮށް އެތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައިގެން ކަމުގައިވެސް ސްޓެލްކޯއިން އޭރު ބުނެފައިވެއެވެ.
އެހެން ނަމަވެސް މިކަމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއްކަންވެސް ސްޓެލްކޯއިން ކުރިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް