ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހުން ގެނައިކަން އަދި އެނގެން ނެތްކަމަށްބުނެ ރައީސް ނަޝީދަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ފާޑު ވިދާޅުވެއްޖެއެވެ.
އެގޮތުން ސަމީރު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަކީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމަށް ﷲ ގަންދީ ހުވާކުރައްވައިގެން ތިއްބެވި އިއްޒަތްތެރި މެންބަރުން ކަމަށެވެ.
ސަމީރު ރައީސް ނަޝީދަށް ފާޑުވިދާޅުވެފައިމިވަނީ މަގާމުތަކުން އިސްތިއުފާ ދޭންވެސް ނުޖެހޭނެ ކަމަށާއި އަދި ވަތްކެއްވެސް ނުކުރެއްވޭނެކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވާއިރު އެކަމަށް އިޝާރާތް ކުރައްވައެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ބާރުތައް) މި މާއްދާގެ (ޅ)ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަންކުރުމާއި، އެ މަގާމުތަކުން މީހުން ވަކި ކުރުމާއި އެމީޙުންގެ އިސްތިއުފާ ގަބޫލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް