ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަން ވިލާ ގަސްތައް ވަގަށް ނަގަނީ

މާލޭ ބޮޑުތަކުރުފާނު މަގުގައި ހުރި ކަދުރު ރުއްތަކުގެ ބުޑުގައި އިންދާފައި ހުރި ބޯގަން ވިލާ ގަސްތައް ވަގަށް ނަގަން ފަށައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން އެކި ކުލ...

24 Mar 2023 | 12:04

މާލޭ ބޮޑުތަކުރުފާނު މަގުގައި ހުރި ކަދުރު ރުއްތަކުގެ ބުޑުގައި އިންދާފައި ހުރި ބޯގަން ވިލާ ގަސްތައް ވަގަށް ނަގަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން އެކި ކުލަ ކުލައިގެ ބޯގަން ވިލާ ގަސް ކަދުރު ރުއްތަކުގެ ބުޑުގައި ޖަހާފައު އެވެ.

އެކަމަކު މިއަދު ސިޓީ ކައުންސިލުން ބުނީ އެ ގަސްތައް ބަޔަކު ވަގަށް ނަގަމުންދާ ކަމަށެވެ. އެ ގަސްތަކަކީ ރުއްތައްް އިންދާފައި ހުރި ޕޮޓުތައް ޒީނަތްތެރި ކުރުމުގެ ގޮތުން ޖަހާފައި ހުރި ގަސްތަކެއް ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލުން ވަަނީ އެ ގަސްތައް ވަގަށް ނުނެގުމަށް އިލްތިމާސް ކޮށްފައި އެވެ.

އެ ކައުންސިލުން ބުނީ ޗާލު މާލެ ސިޓީ އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

https://twitter.com/MaleCitymv/status/1639190775534850050

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް