އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން ހަސަން ލަތީފަށް ފިޔަވަޅު އެޅުމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މިކަމަށް އިޝާރަތް ކުރައްވާ ގޮވާލާފައި މިވަނީ މީގެ އަހަރުތަކެއް ކުރިން އުސޫލުތަކާއި ހިލާފު ވެގެން ކަމަށް ބުނެ އެ ޕާޓީން ވަކިކޮށްފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ބާރު އޮތް އެމްޑީޕީން އޭނާ އަށް މަރުހަބާ ކިޔައި އެމްޑީޕީގެ އިސް ސަފުގައި ރައީސް ޞާލިހާއި އެކު ހަރަކާތްތެރިވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީގެ ޗެއާ ޕާސަން ކަން ކުރެއްވި މޫސަ، ހަސަން ލަތީފަށް ފިޔަވަޅު އެޅުމަށް ގޮވާލާފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން މޫސަ ވިދާޅުވީ، އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބުނާ ޕާޓީގެ އެއްބައިވަންތަކަމާއި ޑިމޮކްރަސީގެ ހުރިހާ ހަމަތަކަކުން ބޭރުވެ، ޕާޓީއަށް ގެއްލުން ދިނުމުގެ މަޤުސަދުގައި މަސައްކަތް ކުރާ ކުރީގެ ޗެއަރ ޕާސަން ހަސަން ލަތީފަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ގޮވާލާ ކަމަށެވެ.
މީގެ އަށް އަހަރު ކުރިން މޫސަ އެމްޑީޕީން ވަކިކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ޚިޔާލު ތަފާތުވެ އުފެދުނު މައްސަލަތަކެއްގައެވެ. އޭގެ ފަހުން މޫސަ ވަނީ ޕީޕީއެމަށް ސޮއި ކޮށް 2018 ވަނަ އަހަރު ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވާފައެވެ.
އަދި މި ފަހުން އެމްޑީޕީއާއި އަލުން ގުޅިވަޑައިގެން ރައީސް ޞާލިހްގެ ފެކްޝަނުގައި މަސައްކަތް ކުރައްވަމުން އަންނަ މޫސަ އާއި ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ހޫނު ބަހުގެ ހަމަލާތައް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް