ބޭނުން ވާނެ ތަކެތި
ބުރޯނީ އަށް ބޭނުންވާތަކެތި
- 1 ޖޯޑު ހަކުރު
- 1/3 ޖޯޑު ކޮކޯ ޕައުޑަރ
- 1/3 ފުށް
- 1/4 ސައިސަމުސާ ލޮނު
- 1/4 ސައިސަމުސާ ބޭކިން ޕައުޑަރ
- 1/2 ޖޯޑު ބަޓަރ( ދިޔާ ކޮށްލުމަށްފަހު ހިހޫ ކޮށްލާފަ)
- 2 ބިސް
- 1/2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ކުރީމް ހެދުމަށްބޭނުންވާނެ ތަކެތި
- 1 ޖޯޑު ޕީނަޓް ބަޓަރ
- 1 ޖޯޑު ކުރީމް ޗީޒް
- 1 ޖޯޑު މުގުރާފަ ހުރި ހަކުރު
- 3 ޖޯޑު ވިޕް ކުރީމް( ވިޕް ކޮށްފަ)
ހައްދަވާނެ ގޮތް
ފުރަތަމަ ބުރޯނީ ހެއްދެވުމަށް ބުރޯނީ ހެއްދެވުމަށް ބޭނުންވާ އިންގްރިޑިއެންޓްސްގެ، ހަކުރު، ކޮކޯ ޕައުޑަރ،ފުށް،ލޮނު އަދި ބޭކިން ޕައުޑަރ ވަކިން އެއްކޮށްލައްވާ. ވަކި މިކްސިން ބޮވްލް އެއްގަ ބިސް އަދި ވެނީލާ އެސެންސް އެއްކޮށްލައްވާ.އެއަށް ފަހު ކުރިން އެއްކޮށްލެއްވި އިންގްރިޑިއެންޓްސް ތަށް ބިހުގެ ތެރެއަށް އަޅުށްވަ އެއްކޮށްލައްވާ. ރަނގަޅަށް އެއްކުރެވުނީމަ ބަޓަރު ކޮޅު އަޅުއްވާ އެއްކޮށްލައްވާ.350 ޑިގްރީސެލްސިއަސް ގައި 20 މިނެޓް ވަންދެން އަވަނުގައި ފިހެލައްވާ.
ބޮރޯނީގެ މަތިގެ ކުރީމް ހެދުމަށް ޕީނަޓް ބަޓަރ، ކުރީމް ޗީޒް އަދި ހަކުރު އެއްކޮށްލައްވާ. އެއައްފަހު ވިޕް ކުރެވިފާހުރި ވިޕް ކުރީމް ކޮޅު އެއްކޮށްލައްވާ. ބުރޯނީ ފިހެވުމުން ބުރޯނީ ފިނިވުމުން ބުރޯނީ މަތީ ކުރީމް 1 އިންޗި ބޯމިނުގައި ފަތުރާލައްވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް