"ނޭވާ ހޮޅިއަށް" އެއްވުމާއި ގުޅިގެން އީސީން ނަސޭހަތުގެ ބަޔާނެއް ނެރެފި

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "ނޭވާ ހޮޅިއަށް" އެއްވުމާއި ގުޅިގެން ނަސޭހަތް ދިީ އިލެކްޝަންސް ކޮމިޝަަނުން ބަޔާނެއް ނެރެފި އެވެ. މި އެއްވުމަކީ "އިންޑިއާ އައުޓް" ...

24 Mar 2022 | 17:52

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "ނޭވާ ހޮޅިއަށް" އެއްވުމާއި ގުޅިގެން ނަސޭހަތް ދިީ އިލެކްޝަންސް ކޮމިޝަަނުން ބަޔާނެއް ނެރެފި އެވެ.

މި އެއްވުމަކީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ބާއްވާ ބޮޑު ހަރަކާތެކެވެ. ހަކަރާތް ކުރިޔަށް ގެންދަން ނިންމާފައިވަނީ ހުކުރު ދުވަހުގެ ހަވީރު4:00ން6:00 އަށެވެ.

މި އެއްވުމާއި ގުޅިގެން ފުލުހުން އިންޒާރު ދީފައިވަނިކޮށް އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގައި އަމަލުކުރަމުންދާ ކަމާ ބެހޭ އެހެން ގާނޫނުތަކާއި ގަވާއިދުތަކާއި ހުދޫދުތަކުގެ ތެރެއިން ކަމަށެވެ. އަދި ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމުކޮށްގެން ކުރިއަށް ގެންދަން އީސީން އިލްތިމާސްކުރި އެވެ.

އީސީން ބުނީ ބުނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަނުން އެއްބާރުލުން ދޭނެ ކަމަށެވެ.

މި ހަރަކާތަކީ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން މިއަހަރު ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މީގެ ކުރިން އިންޑިއާ އައުޓްގެ ނަމުގައި ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ކުރުމަށް ފަހު މިހާރު އެ ހަރަކާތް ވަނީ އަތޮޅުތެރެއަށް ފުޅާކޮށްފަ އެވެ.

އެގޮތުން މިދިޔަ ހަފްތާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޅައިފަރަށް ވަޑައިގެން އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް