މަރާމާތުގެ ބައެއް މަސައްކަތްތައް ކުރުމަށް މިރޭ ހުޅުމާލެ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑޭނެކަމަށް މާލެ ސަރަހައްދުގައި ފެނުގެ ޚިދުމަތް ދެމުން އަންނަ ކުންފުނިި އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެ ކުންފުނިން މިރޭ ބުނީ، ފެން ކެނޑޭނީ މިރޭގެ 11:00 އިން ފަތިހު 4:00 އަށްކަމަށެވެ.
މީގެ އިތުރުން ފެނުގެ ހިދުމަތް ކެނޑޭނެ ސަރަހައްދުތަކުގެ ގޮތުގައި އެ ކުންފުނިން ބުނެފައިވަނީ، ދިއްގާމަގާއި ކުރެދިމާ ހިނގުން އަދި އުނިމާ ހިނގުން ހިމެނޭ ސަރަހައްދެވެ.
އެމްޑަބްލިއުއެސްސީން ވަނީ ފެން ކެނޑުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް