ދިވެހި ސިފައިންނަށް އިތުބާރު ނުކުރަނީ ކީއްވެތޯ ރައީސް ޞާލިހް ކުރެން ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުވާލުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޖަމީލު އެގޮތަށް ވިދާޅުވީ އިދިކޮޅުން އިސް ނަގައިގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ނޭވާ ހޮޅިއަށް އެއްވުން ކުރިޔަށް ނުގެންދެވޭނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިދިކޮޅު ކޯލިޝަނަށް އެންގުމުން އެކަމަށް އިޝާރަތް ކުރައްވައެވެ.
އެގޮތުން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮންމެ ހިސާބަކުން ރައީސް ޞާލިހް ޖަވާބުދާރީ ކުރުވައި އެމަނިކުފާނު ދިވެހި ސިފައިންނަށް އިތުބާރު ނުކުރަނީ ކީއްވެތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ތަލިން ކުޅުހިކޭ ވަރަށް އެއް ގައުމަކަށް ސަނާ ކިޔަނީ ދިވެހި ތާރީޚް އޮޅުވާލަންތޯ ސުވާލުކުރައްވާ ރައީސް ޞާލިޙްއަކީ ވެރިއެއްގެ ނަމުގައި ގައުމިއްޔަތުގައި ޖެހުނު ލައްގަނޑެއްކަމުގައި ޖަމީލް ވިދާޅުވިއެވެ.
ހީވާ ގޮތުން ޖަމީލް އެ އިޝާރާތް ކުރައްވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެ ތިބޭ ތިބުމަށް ކަމަށް ބެލެވެއެވެ. ޖަމީލް ނިސްބަތްވާ އިދިކޮޅު ޕާޓީ ޕީޕީއެމުން ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް