އިންޑިއާގެ ހުރިހާ މުސްލިމުންނާއި ކްރިސްޓިއަނުން ހަރުކަށި ހިންދޫ ދީނާއި ގުޅޭނެ ކަމަށް ކަރްނާޓަކާ ސްޓޭޓްގެ ރޫރަލް ޑިވެލޮޕްމެންޓު މިނިސްޓަރު ކޭއެސް އޭޝްވަރައްޕާ ބުނި މައްސަލަ ހޫނުވެއްޖެ އެވެ.
އޭނާ މިހެން ބުނީ ކަރްނާޓަކާގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަމުންނެވެ. މިމޭރުމުން ވާހަކަ ދެއްކީ މަޖިލީހުގެ ރައީސް ވިޝްވެޝްވަރު ކަގޭރީ "އަހަރުމެންގެ އާރުއެސްއެސް" އޭ ބުނެ ދެއްކި ވާހަކައަކާއި ގުޅުވައިގެންނެވެ.
"އާރުއެސްއެސް" ނުވަތަ ރަޝްޓްރިއާ ސްވަޔަމްސެވަކް ސަންގަކީ އިންޑިއާގެ ކަނާއަތު ފިޔައިގެ ހަރުކަށި ހިންދޫ ޖަމާއަތެކެވެ. 1925 ވަނަ އަހަރު އުފެދުނު މި ޖަމާއަތުގެ މަގުސަދާއި މަސައްކަތް އަދި ބޭނުމަކަށް ވެފައި އޮންނަނީ އިންޑިއާ އާއި އެނޫންވެސް ގައުމުތަކާއި މީހުންގެ މެދުގައި ހިންދޫ ދީން ފަތުރައި، މީހުން ދީނަށް ވެއްދުން ފަދަ ކަންކަމެވެ.
މިނިސްޓަރު އޭޝްވަރައްޕަ މިއަދު މަޖިލީހުގައި ބުނީ އިދިކޮޅު ފަރާތްތަކާއި އިންޑިއާގެ ހުރިހާ ދީނެއްގެ މީހުން ވަރަށް އަވަހަށް އެ ފިކުރަށް ތާއީދު ކުރަން ފަށާނެ ކަމަށެވެ. އަދި މަގޭ އާރުއެސްއެސް، އަހަރުމެންގެ އާރުއެސްއެސް އަދި އެންމެގެ އާރުއެސްއެސް ކިޔަން ފަށާނެ ކަމަށް ބުންޏެވެ.
އޭނާ އެހެން ބުނުމުން ކަރްނާޓަކާ މަޖިލީހުގައި އިންނަ ކްރިސްޓިއަން ދީނުގެ މެމްބަރެއް ކަމަށްވާ ކޭޖޭ ޖޯޖު ވަނީ އެ މިނިސްޓަަރަކީ މުސްލިމުންނާއި ކްރިސްޓިއަނުން ހިންދޫދީނަށް ނުވަތަ އާރުއެސްއެސްއަށް ތާއީދު ކުރާނެ ކަމަށް ބުނަން ކާކުތޯ ސުވާލު ކޮށްފަ އެވެ. ހަމަ ގައިމުސް އޭނާ އެ ޖަމާއަތަށް ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށް ބުންޏެވެ.
މި މައްސަލައިގަ ކޮންގްރެސް ޕާޓީގެ ހިންދޫ މެމްބަރެއް ކަމަށްވާ ސިއްދަރަމައިއާ ބުނީ އޭނާ އަކީ އެ ޖަމާއަތަށް ތާއީދު ކުރާ މީހަކަށް ނުވާނެ ކަމަށެވެ. އޭނާ އެހެން ބުނުމުން އެޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ހަމައެކަނި ހިންދޫދީން އިންޑިއާގައި އޮތުމަށް ތާއީދުކޮށް އާރުއެސްއެސްއަށް ތާއީދުކޮށް ގުޅުމަށް ގޮވާލާ އެމީހުން ވާހަކަ ނުދައްކާނެ ކަމަށެވެ.
އިންޑިއާގައި ހަރުކަށި ހިންދޫ ދީން އެކަނި އޮތުމަށް ތާއީދު ކުރަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީންނެވެ. ބީޖޭޕީ ވެރިކަމަށް އައިންސުރެ ދަނީ ހާއްސަކޮށް މުސްލިމުންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެކިގޮތް ގޮތަށް ދީނީ އަދަބުތައް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް