ރައީސްގެ އައްޑޫ ދަތުރުގައި މަޝްރޫއުތަކެއްގެ ފެށުމާއި ހުޅުވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންނަވަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެ...

24 Mar 2022 | 10:36

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންނަވަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ގަން، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫ އަށެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި މުހިންމު މަޝްރޫތުތަކަކާއި ގުޅުން ހުރި ކަންކަން އެމަނިކުފާނު ކުރައްވާނެ ކަމަށެވެ.

އޭގެ ތެރޭގައި

1-    ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުން

2-    ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން

3-    އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން

4-    މަރަދޫ ބަނދަރު ހުޅުވައިދެއްވުން

5-    މީދޫ ބަނދަރު ހުޅުވައިދެއްވުން

6-    ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދެއްވުން

7-    ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވުން ހިމެނެ އެވެ.

މިދަތުރުފުޅަށް ފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންނަވާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

މިއއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ސޯލިހު އައްޑޫ ސިޓީއަސް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އަދި ފުއްވަމުލަކު ސިޓީއަށް ވަޑައިގެންނަވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް