ބޮލީވުޑް ބަތޮލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ ޗުއްޓީއަށް ރާއްޖެ އައީ އޭނާގެ ފިރިމީހާ ޑެނިއަލް ވެބާއާއެކީގައި ކަން ހާމަކޮށްފިއެވެ.
ސަނީ މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައެވެ.
ފިނޮޅެއްކަހަލަ ތަނެއްގައި ފިރިމީހާގެ ކޮނޑަށް އަރާއިން ފޮޓޯއެއް އިންސްޓަގްރާމަށް ލަމުން ސަނީ ބުނެފައިވަނީ ރަށެއްގައި ތާށިމިވީ ފިރިމީހާއާއެކީގައި ކަމަށެވެ.
ސަނީގެ ފިރިމީހާއަކީ ވިޔަފާރިވެރިއެކެވެ. އެކްޓްވެސް ކުރެއެވެ. ޕްރޮޑިއުސްވެސް ކުރެއެވެ.
ސަނީ އާއި ޑެނިއަލް ކައިވެނިކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ. މި ދެމަފިރިން މިހާތަނަށް ތިން ދަރިން ހޯދާފައިވެއެވެ. ތިން ދަރިންވެސް ހޯދާފައިވަނީ ސަރޮގޭޓްކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް